އިބޫ އާ ފައިޞަލަކީ ވަކި ޕާޓީއެއްގެ ބައެއް ނޫން - ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރާނެ ޚާދިމުން: ޙުސައިން މުޙައްމަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިބޫ އާ ފައިޞަލަކީ ވަކި ޕާޓީއެއްގެ ބައެއް ނޫން - ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރާނެ ޚާދިމުން: ޙުސައިން މުޙައްމަދު
ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރަނިންމޭޓް ފައިޞަލް ނަސީމަކީ ވަކި ޕާޓީއެއްގެ ބައެއް ނޫން ކަމަށާއި ދެބޭފުޅުންނަކީވެސް ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރައްވާނެ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޚާދިމުން ކަމަށް ފެރިދޫ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފެރިދޫގައި ވާހަކަފުޅު ދައްކަވަމުން ޙުސައިން މުޙައްމަދު ވިދާޅުވީ އިބޫ ނިޞްބަތްވެވަޑައިގަންނަވަނީ އެމްޑީޕީއަށް ކަމަށްވެފައި އަދި ފައިޞަލް ނިބްބަތްވެވަދައިގަންނަވަނީ ޖޭޕީއަށް ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ހިސާބުން ދެ ބޭފުޅުންނަކީވެސް ހުރިހާ ރައްޔިތުންގެ ޚާދިމުން ކަމަށެވެ.

ޙުސައިން މުޙައްމަދު ވިދާޅުވީ މި ދެބޭފުޅުންނަށް ލާ ކޮންމެ ވޯޓަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ވޯޓެއް ކަމަށާއި ދެ ބޭފުޅުންވެސް ޤައުމަށް ޚިދުމަތް ކުރައްވާނީ އިޚްލާޞްތެރިކަމާއިއެކުގައި ކަމަށެވެ. އެހެންކަމުން މިއަދުގެ އަނިޔާވެރި ވެރިކަން ނިންމުމަށްޓަކައި ދެބޭފުޅުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޙުސައިން މުޙައްމަދު ވިދާޅުވީ މިސަރުކާރުން ވައްކަން ކުރުން އާންމުކުރި ވަރުން އެކަމުގެ ވާހަކަ މިހާރު ދައްކަން ބޭނުން ނުވާ ހިސާބަށް ހިނގައްޖެ ކަމަށެވެ. އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެކަމަށް ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާ ކަމަށެވެ. "މިފަދަ ސަރުކާރެއް ރައްޔިތުން ބޭނުމެއް ނުވޭ. އެހެންވީމާ އިތުރު އެންމެ ދައުރަކަށްވެސް ރައްޔިތުން ފުރުޞަތެއް ނުދޭނެ. ދޭގޮތަކަށް ނޫން ރައްޔިތުން ތިބީއަކީ" ހުސައިން މުޙައްމަދު ވިދާޅުވިއެވެ.
މިއަދު އޮންލައިން