ތެލުން ނަގާ ޑިޔުޓީ ކަނޑާލައި އަގުހެޔޮކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ މިއަދު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ތެލުގެ ބާވަތްތަކުން އެއްވެސް ޑިޔުޓީއެއް ސަރުކާރަށް ނުނަގާ ކަމަށާއި 10%ގެ ޑިޔުޓީއެއް ނަގަން ފެށީ މިސަރުކާރުން ކަމަށެވެ.
އިބޫ ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރެވުމުން ކަރަންޓުގެ އަގުތައްވެސް ހެޔޮވެގެންދާނެ ކަމަށެވެ. ވިޔަފާރިވެރިންނަށާއި ޢާންމުންނަށް މިހާރު ކަރަންޓަށް ދައްކަންޖެހޭ ބޮޑު އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި ތެލުގެ ބާވަތްތައް ބޭނުންކޮށްގެން އެހެން މަސައްކަތްތައް ކުރާ މީހުންނަށް ވެސް ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
ރާއްޖޭގެ އެހެން ރަށްތައް ފަދައިން ގުރައިދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ވެސް ޙައްލުކޮށްދެއްވާނެ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.