ޙައްޖުގެ އަގު އުފުލުން ހުއްޓަވައި ހަމައަގުގައި ހައްޖުވެވޭނެ ގޮތް ހަދާނަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޙައްޖުގެ އަގު އުފުލުން ހުއްޓަވައި ހަމައަގުގައި ހައްޖުވެވޭނެ ގޮތް ހަދާނަން: ފައިޞަލް
ކޯލިޝަނުގެ ސަރުކާރުން ހައްޖަށް ދިއުމުގެ އަގުތައް އެއްވެސް ކޮންޓްރޯލެއް ނެތި ބޮޑުވަމުންދާ ދިއުން ހުއްޓުވައި ކޮންޓްރޯލެއްގެ ތެރެއިން ހަމަ އަގުގައި ހައްޖު ވެވޭނެ ގޮޮތް ހަމަޖައްސައިދޭނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އއ ފެރިދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ ޙައްޖުވުމަކީ ކެރި ކުޅަދާނަވެގެންވާ މީހާގެ މައްޗަށް އޮތް ފަރުޞެއް ނަމަވެސް ހައްޖުވުމުގެ ކަންކަން ވެސް ކުރިއަށް ދަނީ އެއްވެސް ނިޒާމަކުން ނޫން ކަމަށެވެ. ކޯޓާތައް ބަހަނީވެސް އަދި ހައްޖު ކޯޕޮރޭޝަނުގެ ކަންތައްތައް ހންގަނީވެސް އެއްވެސް ކޮންޓްރޯލެއް ނެތި ކަމަށެވެ.

ފައިޞަލް މިއަދު ވިދާޅުވީ އަޅުގަނޑުމެންނަކީ ސައތައިން ސައްތަ މުސްލިމުން ކަމަށާއި ނަމަވެސް ރަށްރަށުގެ ރައްޔިތުން ދައްކަމުން ގެންދަނީ ނަމާދުކުރުމަށް މިސްކިތްތަކުގައި ހުރި ދަތިތަކުގެ ވާހަކަތައް ކަމަށެވެ. "ދެން ކޮން ކަމަކަށްތޯ ފަސޭހަ ގޮތްތަކެއް އޮންނާނީ؟"

"އަމިއްލަ ޚަރަދުގަ މިސްކިތުގަ އެއާކޮންޑިޝަނެއް ހަރުކުރީމާ އެއިގެ ކަރަންޓަށް ސަރުކާރަށް ފައިސާ ދެއްކެން ނެތް ވާހަކަ. ޢީދު ނަމާދު ވަކިތަނެއްގަ ކުރަން އިތުރު ހުއްދަތަކެއް ނަގަންޖެހޭ ވާހަކަ. އަދި އީދު ނަމާދުކުރާމީހާއަށް ވަކިން އިތުރު ހުއްދައެއް ނަގަން ޖެހުނީމާ މިއީ ސިޔާސީ ކަންތައްތަކެއް ނޫންތޯ؟" ސުވާލު ކުރަްވައި ފައިޞަލް ވިދާޅުވީ މިއީ ރައްޔިތުން މިއަދު ސުވާލުކުރަންޖެހޭ ކަންކަން ކަމަށެވެ.

"ކޯލިޝަންގެ ސަރުކާރުގަ އިސްލާމީ މިނިސްޓްރީގެ ތެރެއަށް އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒެއް ނުވަންނާނެ." ކަމުގެ ޔަޤީންކަން ވެސް ފައިޞަލް މިއަދު ވަނީ ދެއްވައިފައެވެ.

މިއަދު އޮންލައިން