ފެރިދޫ ޞިއްޙީ މަރުކަޒު މިހާރުވެސް ހުރީ ބަންދުކޮށްފަ- ޞިއްޙީ ފަރުވާ އާ ތައުލީމު ނުލިބިގެން އަތޮޅު މިދަނީ ފަޅުވަމުން: ޢަލީ ޙަސަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ފެރިދޫ ޞިއްޙީ މަރުކަޒު މިހާރުވެސް ހުރީ ބަންދުކޮށްފަ- ޞިއްޙީ ފަރުވާ އާ ތައުލީމު ނުލިބިގެން އަތޮޅު މިދަނީ ފަޅުވަމުން: ޢަލީ ޙަސަން
އއ. ފެރޫ ޞިއްޙީ މަރުކަޒު މިހާރުވެސް ހުރީ ބަންދުކޮށްފައި ކަމަށާއި އަތޮޅުގެ ރަށްރަށުން ޞިއްޙީ ފަރުވާ އާއި ދަރިންނަށް ރަނގަޅު ފެންވަރުގައި ތައުލީމު ދެވޭނެ ގޮތެއް ނެތުމުން އަތޮޅުގެ ރަށްތައް މިދަނީ ފަޅުވަމުން ކަމަށް ތޮއްޑޫއަށް ނިޞްބަތްވާ ޢަލީ ޙަސަން ވިދާޅުވެއްޖެއެވެ.

ޢަލީ ޙަސަން މިއަދު ވިދާޅުވީ އއ އަތޮޅުގެ ރައްޔިތުން ތިބީ ވޯޓުލައި ވެރިކަން ބަދަލުކުރާނެ ފުރުޞަތެއް ނުލިބިގެން ކެތް މަދުވެފައި ކަމަށެވެ. އެހެންކަމުން މަދުވެގެން 85 އިންސައްތަ ވޯޓު ކޯލިޝަނަށް އއ އަތޮޅުން ލިބޭނެ ކަމަށެވެ.

ޢަލީ ޙަސަން ވިދާޅުވީ އެ އަތޮޅަކީ ސަރުކާރުގެ އެހީތެރިކަން ވަރަށް ކުޑަ އަތޮޅެއް ކަމަށާއި އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުމުގެ އިތުރުން ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް ލިބެމުން ނުދާ ކަމަށެވެ.

ރަނިންމޭޓް ފައިޞަލް ނަސީމް މިއަދު ހަވީރު ވަނީ ތޮއްޑޫއަށް ވަޑައިގެންފައެވެ. ގުޅިފައިވާ ކޯލިޝަނުން މިރޭ އއ ތޮއްޑޫގައި ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން