ވައުދު ވެވަޑައިގަންނަވާ ކަންކަމަކީ ހުވަފެނީ ވާހަކަތަކެއް ނޫން - ‍ އެ ކަންކަން ފުރިހަމަ ކޮށްދޭނަން: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ވައުދު ވެވަޑައިގަންނަވާ ކަންކަމަކީ ހުވަފެނީ ވާހަކަތަކެއް ނޫން - ‍ އެ ކަންކަން ފުރިހަމަ ކޮށްދޭނަން: އިބޫ
އިދިކޮޅު ކޯލިޝަނުން ރަށްްރަށަށް ވަޑައިގެން، ކޮށްދޭނެ ކަމަށް ވައުދުވެ ވަޑައިގަންނަވާ ކަންކަމަކީ ހުވަފެނީ ވާހަކަތަކެއް ނޫން ކަމަށާއި ކޯލިޝަންގެ ވެރިކަމެއްގައި އެ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މިއަދު ކ. ގުޅިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މި ދައްކާ ވާހަކަތަކަށް އަމަލީ ސިފަ އަންނާނެކަންކަން ކަމަށާއި މިއީ ދައްކާ ހުވަފެންތަކެއް ނޫން ކަމަށެވެ. އަދި އެކަން ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެކަމަށް އިބޫ ވިދާޅުވި އެވެ.



އިބޫ ވަނީ ގުޅީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ނަރުދަމާ އާއި ބޯފެނުގެ ހިދުމަތް ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އިބޫ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާއި ތިމާވެށްޓާއި ގުޅުންހުރި މައްސަލަތައް ރާއްޖޭގެ ހުރިހާ ރަށްރަށަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރެވުމުން ކަރަންޓުގެ އަގުތައްވެސް ހެޔޮވެގެންދާނެ ކަމަށެވެ. ވިޔަފާރިވެރިންނަށާއި ޢާންމުންނަށް މިހާރު ކަރަންޓަށް ދައްކަންޖެހޭ ބޮޑު އަގު ހެޔޮވެގެންދާނެ ކަމަށެވެ. އަދި ތެލުގެ ބާވަތްތައް ބޭނުންކޮށްގެން އެހެން މަސައްކަތްތައް ކުރާ މީހުންނަށް ވެސް ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނުކުންނާނީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަން ބަދަލުކުރަން ކަމަށާއި ރައްޔިތުން އެނބުރި ގެއަށް ވަންނާނީ މާތްﷲ ވާގިފުޅާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކާމިޔާބުކުރުމަށްފަހުގައި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

މިއަދު އޮންލައިން