ހިލޭ އެހީގެގޮތުގައި އޭޑީބީ އިން ރާއްޖެއަށް ދޭ 33.07 މިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހިލޭ އެހީގެގޮތުގައި އޭޑީބީ އިން ރާއްޖެއަށް ދޭ 33.07 މިލިޔަން ޑޮލަރުގެ  އެއްބަސްވުމުގައި ސޮއިކޮށްފި
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ދޭން ނިންމި 33.07 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާލޭ ސަރަހައްދުގެ ކުނިމެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ރާއްޖެއަށް ދޭން ނިންމި 33.07 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.



މިއެހީއަކީ ސަރުކާރުން އިއުލާނުކޮށްފައިވާ ގްރޭޓާ މާލެ ވޭސްޓް މެނޭޖުމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް ފެށުމަށް ދިން އެހީއެކެވެ.



މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އޭޑީބީން ދޭން ނިންމި 33.07 މިލިޔަން ޑޮލަރުގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން މެދުވެރިކޮށް ޖަޕާނު ސަރުކާރުން ދެ މިލިޔަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.

އޭޑީބީގެ މިއެހީގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އިތުރުން 32 ރަށެއްގައި މިހާރު ހުރި ކޮމިއުނިޓީ ބޭސްޑް ވޭސްޓް މެނޭޖްމެންޓް ނިޒާމުތައް ވަރުގަދަ ކުރާނެއެވެ.



މިއަދު އޮންލައިން