ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ގަވައިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާއަށް އަމަލުކުރުން ފަސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ގަވައިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާއަށް އަމަލުކުރުން ފަސްކޮށްފި
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ގަވައިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާއަށް އަމަލުކުރުން ފަސްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ގަވައިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ ރިވައިޒް ކުރުމަށްޓަކައި އެ މާއްދާ އަށް އަމަލުކުރުން ފަސް ކުރަން ރައީސް ޔާމީން ނިންމެވީ، ކަނޑުދަތުރުކުރާ ފަރާތްތަކުގެ ޝަކުވާ އަޑުއައްސަވައި ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

ގަވައިދުގެ 19 ވަނަ މާއްދާގައި ވަނީ އުޅަނދުފަހަރުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ލައިސަންސް އާ ކުރުމަށްޓަކައި، ކްލާހަކަށް ގޮސް ކިޔަވަން ޖެހޭނެކަމަށެވެ. އަދި 24 ވަނަ މާއްދާ ގައި ވަނީ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދައި ދިނުމުގެ ކުރިން، އެ އުޅަނދެއް އެހެލައި މަރާމާތުކޮށް، އެކަމުގެ ލިޔުމެއް ހޯދަން ޖެހޭނެކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިކަމުގެ ޝަކުވާތައް އެކި ފަރާތްތަކުން ރައީސަށް ހުށަހެޅުމާ ގުޅިގެން މިވަގުތަށް އެ އަށް އަމަލު ނުކުރަން އެމަނިކުފާނު ނިންމެވީކަމަށާއި މިއީ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ރައީސް ދެއްވި ވަރަށް ބޮޑު ލުޔަކަށް ވާނެކަމަށެވެ.
މިއަދު އޮންލައިން