ވެރިން ހިންގާ މުންކަރާތްތަކާ ޖަރީމާތަކަށް އިންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއް: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ވެރިން ހިންގާ މުންކަރާތްތަކާ ޖަރީމާތަކަށް އިންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއް: ޝައިޚް އިލްޔާސް
"ފާފަވެރިވުމުން ސަލާމަތްވުމަށްޓަކައި ވެރިން ހިންގާ މުންކަރާތްތަކާއި ޖަރީމާތަކަށް އިންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. "ފަހެ އިންކާރު ކޮށްފި މީހާ ސަލާމަތްވެއްޖެކަން ކަށަވަރެވެ."

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޝައިޚް އިލްޔާސްގެ މި ބަސްފުޅަށް ބަލާއިރު ފާފަވެރިވުމުން ސަލާމަތްވުމަށް އެދޭނަމަ ވެރިން ހިންގާ މުންކަރާތްތަކާއި ޖަރީމާތަކަށް އންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. އަދި ސަލާމަތްކަން ލިބެން އޮތީ އިންކާރު ކުރި މީހަކަށެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު އިސްލާމް ދީނުގެ އަސްލުތަކާއި ސީދާ ޚިލާފަށް ވެރިން ކުރާ އަމަލުތަކާއި ދައްކާ ވާހަކަތައް ހިމާޔަތްކޮށް ދިފާއުކުރަން މަސައްކަތްކުރާ މީހުން މުޖުތަމައުގައި އިތުރުވަމުންދާއިރު އެފަދަ މީހުންނަށް ﷲ ތަޢާލާގެ ޙަޟްރަތުން ސަލާމަތްކަމެއް ލިބުން އޮތީ ތައުބާވެގެންކަން އެނގިގެންދެއެވެ.

އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަމަކީ ދިފާއުކުރަން މަސައްކަތް ކުރާ މީހުންނަށް އިސްލާމް ދީނުގެ ތެރެއިން އެކަން ނުކުރެވޭ ކަމާއި ދައްކަނީ ކޮންމެވެސް ބޭކާރު ބަހަނާތަކެއް ކަމެވެ.


މިއަދު އޮންލައިން