މާލޭ ދެކުނު ފަރާތު ނެރަށް މިއަދު ހެނދުނު ލޯންޗެއް އަރާ ފުނޑުފުނޑުވެ އޭގެ ބައިތައް އޮޔާދާން ފަށައިފިއެވެ.
ލޯންޗުގެ އެކި ބައިތައް އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތައް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ދެކުނު ފަރާތު ފަަޅުން ނިކުންނަނިކޮށް ތޮއްޓަށް އަރާފައިވަނީ އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗެކެވެ. އަދި އެވަގުތު އެލޯންޗުގައި 17 މީހުން ތިބި ކަމަށާއި އޭގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:12 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.