ދިރާގުން ބޮޑު އީދަށް ބޮޑު ޑޭޓާ ޕެކް ތަކެއް ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ދިރާގުން ބޮޑު އީދަށް ބޮޑު ޑޭޓާ ޕެކް ތަކެއް ތަޢާރަފްކޮށްފި
ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑު އީދާ ދިމާކޮށް ބޮޑު ޑޭޓާ ޕެކް ތަކެއް ތައާރަފް ކޮށްފިއެވެ.

ތަޢާރަފްކުރި ބޮޑު އީދު ޑޭޓާ ޕެކް
-‍ ފަސް ޖީބީ - 250 ރުފިޔާ (EID5GB)
- 10 ޖީބީ - 350 ރުފިޔާ (EID10GB)

ދިރާގުން ބުނީ މި ޑޭޓާ ޕެކްތައް ދިރާގު މޯބައިލްޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން، ޝޭރާ އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 17 އޮގަސްޓް 2018 އިން ފެށިގެން 20 އޮގަސްޓް 2018 ގެ ނިޔަލަށް ބައްލަވައިގަނެވޭނެ ކަމަށެވެ.

ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް 30 އޮގަސްޓް 2018ގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް އެކްޓީވޭޓް ކުރައްވާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެއެވެ.

މި ޑޭޓާ ޕެކް ތައް ބައްލަވައިގަތުމަށް ދިރާގު އެޕް ބޭނުން ކުރެއްވޭނެއެވެ. އަދި #*123*6*5 އަށް ގުޅައިގެން ނުވަތަ ADD(space)Keywordޖެއްސެވުމަށް ފަހު343އަށް އެސް އެމް އެސް ކުރައްވައިގެންވެސް މި ޑޭޓާ ޕެކް ތައް ބައްލަވައިގަނެވޭނެއެވެ.








މިއަދު އޮންލައިން