މިދިޔަ މަހު ޓޫރިޒަމަށް 8 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
 މިދިޔަ މަހު ޓޫރިޒަމަށް 8 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ
މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 8 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 122،332 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޖުލައި މަސް ނިމުނުއިރު ޖުމްލަ 848،847 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.1 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ޔޫރަޕް މާކެޓުން 12.8 ޕަސެންޓް ކުރިއެރުމެއް ލިބުނުއިރު ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް މާކެޓުން ވެސް 6.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

ޗައިނާއިން އެކަނި 33،277 ޓޫރިސްޓުން މިދިޔަ މަހު ރާއްޖެ އިސްފައިވެ އެވެ. އަދި މިދިޔަ މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ވެސް ޗައިނާއިންނެވެ. ޔޫރަޕް މާކެޓުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 8،421 ޓޫރިސްޓުން މިދިޔަ މަހު އައިސްފައިވެ އެވެ. މިއީ 9.3 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިއަދު އޮންލައިން