2015 އަހަރު މާލޭގައި ހިނގި މޭޑޭ މުޒާހަރާގެ ތެރޭގައި ފުލުހަކަށް އަނިޔާކުރި ކަމަށް ބުނެ ހައްޔަރުކުރި ޒުވާނެއްގެ ހާލު ވަރަށް ބޮޑަށް ދެރަވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.
އިދިކޮޅު ފަރާތްތަކުން އައަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހު ބޭއްވި "މޭޑޭ" ބޮޑު މުޒާހަރާގެ ތެރޭގައި، ވެއްޓިފައި އޮތް ފުލުހެއްގެ ގައިގައި ފޯނުން ޖެހިކަމަށް ބުނެ ޖަލަށްލާފައިވަނީ ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދު (26އ.) އެވެ. އޭނާއަށް ފަރުވާދެމުންދާ ކަމަށް އާއިލާއިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
އޭނާގެ އާއިލާއިން ބުނި ގޮތުގައި ރަޝީދު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު އާއިލާއަށް ލިބިފައިވަނީ މިއަދު މެންދުރު ކަމަށާއި އޭނާއާއި ބައްދަލުކުރަން ދީފައިވަނީ މިއަދު ހަވީރު 17:00 އާއި 18:00 ދެމެދުގެ ވަގުތު ކޮޅެއް ކަމަށެވެ.
ރަޝީދުގެ ހަމަށް ވަރަށް ސީރިއަސް ބައްޔެއް ޖެހިފައިވާކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.