ޤްރްއާނާ ޙަދީޘްގެ ޢަލީގައި ބަސް ބުނާ ޢިލްމުވެރިއަކީ ފަސާދަ އުފައްދާ މީހެއް ކަމަށް ބުނާނީ މުންކަރާތް ހިންގުމުގަ ބައިވެރިވާ މީހުން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޤްރްއާނާ ޙަދީޘްގެ ޢަލީގައި ބަސް ބުނާ ޢިލްމުވެރިއަކީ ފަސާދަ އުފައްދާ މީހެއް ކަމަށް ބުނާނީ މުންކަރާތް ހިންގުމުގަ ބައިވެރިވާ މީހުން: ޝައިޚް އިލްޔާސް
މަޤާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ މުންކަރާތްތައް ހުއްޓުވަން ކީރިތި ޤްރްއާނާއި ޙަދީޘްގެ ޢަލީގައި ޢިލްމުވެރިއަކު ބަސްފުޅެއް ވިދާޅުވެއްޖެނަމަ އެފަދަ ޢިލްމުވެރިންނަކީ ފަސާދަ އުފައްދާ ޢިލްމުވެރިން ކަމަށް ވިދާޅުވާނީވެސް އެ މުންކަރާތް ހިންގުމުގައި އެކިއެކި ގޮތްގޮތުން ބައިވެރިވާ މީހުން ކަމަށް ފަފީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސްގެ ޓްވީޓް:

"މަޤާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ މުންކަރާތްތައް ހުއްޓުވަން ޤްރްއާނާ ޙަދީޘްގެ ޢަލީގައި ޢިލްމުވެރިއަކު އެއްޗެއް ވިދާޅުވެއްޖެނަމަ އެފަދަ ޢިލްމުވެރިންނަކީ ފަސާދަ އުފައްދާ މީހެއް ކަމަށް ވިދާޅުވާނީވެސް އެ މުންކަރާތް ހިންގުމުގައި އެކިއެކި ގޮތްގޮތުން ބައިވެރިވާ މީހުން."


މިއަދު އޮންލައިން