ސިޔާސީ މަޤާމުތައް މަދުކޮށް ސިވިލް ސަރވިސްގެ ބޭނުން އިތުރުކުރާނެ ކަމުގެ އިޝާރާތެއް އިބޫ ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ސިޔާސީ މަޤާމުތައް މަދުކޮށް ސިވިލް ސަރވިސްގެ ބޭނުން އިތުރުކުރާނެ ކަމުގެ އިޝާރާތެއް އިބޫ ކުރައްވައިފި
ކޯލިޝަނުގެ ސަރުކާރެއްގައި ސިޔާސީ މަޤާމުތައް މަދުކޮށް ސިވިލް ސަރވިސްގެ ބޭނުން އިތުރުކުރާނެ ކަމުގެ އިޝާރާތެއް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކުރައްވައިފިއެވެ.

ކޯލިޝަނުގެ ސަރުކާރުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ވީޓީވީގައި މިރޭ ދެއްވަމުން އިބޫ ވިދާޅުވީ ސިޔާސީ މަޤާމުތަކަށް 300 މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ޤާބިލު މުވައްޒިފުން ސިވިލް ސަރވިސްގައި އެބަތިބި ކަމަށެވެ. "އެމީހުންގެ ބޭނުންކުރަންވީ ނުންތޯ؟"

އިބޫ ވިދާޅުވީ އިންޑިއާ އަދި އެމެރިކާ ފަދަ ޤައުމުތަކުގައިވެސް ސަރުކާރުތައް ބަދަލުވާ ކަމަށާއި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސިޔާސީ މަޤާމުތައް އިތުރުވެގެން ނުދާ ކަމަށެވެ. ސަރުކާރުގެ ކަންކަން ހިންގަނީ ސިވިލްސަރވަންޓުން ކަމަށެވެ.

"ދެން އޮންނާނީ ނަގާފަ ހުރި ލޯނުތައް. އެފަރާތްތަކާ މަޝްވަރާ ކުރީމާ ލުއި ގޮތްތައް ހޯދޭނެ. ޑިކްޓޭޓަރެއްގެ ވެރިކަން ބަދަލުވެގެންދާއިރު ކުރިމަތިވާނެ ހުރިހާ މައްސަލަތަކެއް ރާއްޖެއިން ވެސް ފެންނަމުން މިދަނީ. މިހާލަތަށް ދިއައިމަ ވޯލްޑް ބޭންކުންވެސް އަދި މާލީ އިދާރާތަކުން ވެސް ލުއި ގޮތްތައް ހޯދައިދޭނެ" ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން