އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހުން ފައިސާތަކެއް ފޭރިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހުން ފައިސާތަކެއް ފޭރިގެންފި
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހުން ފައިސާތަކެއް ފޭރިގެންފިކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި، އަހުމަދު ޢަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތުހުރި މުއައްޒަފު ރަހީނުކޮށް އޭނާގެ މޫނު ނިވާ ކުރުމަށް ފަހު އަތާއި، ފައި ބަނދެ، 36،500ރ. އާއި ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ވައްކަންކޮށް އެ އޮފީހަށް ބޮޑެތި ގެންލުންތަކެއް ދިނުމަށްފަހު، އަހުމަދު އަބްދުﷲ ”ދުއްވާލާނެ“ ކަމަށް ބުނެ، ރަހީނުކުރި މުވައްޒަފަށް އިންޒާރުދިން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ހިމެނޭ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށާއި، ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

މިއީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ ލީޑާޝިޕުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ މަސައްކަތް ހުއްޓުވަން، ބިރު ދެއްކުމަށް ބަޔަކު ކުރި ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން