އިސްލާމް ދީން ނަގަހައްޓައި ކުރިއަރުވާނެކަން އޮންނާނީ ދައްކައިދީފަ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިސްލާމް ދީން ނަގަހައްޓައި ކުރިއަރުވާނެކަން އޮންނާނީ ދައްކައިދީފަ: އިބޫ
އިބޫ މިރޭ ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އާއި ފިޤްހް އެކަޑެމީ އުފައްދައި އަދި ދީނީ ޢިލްމުވެރިންނަށް މިނިވަންކަން ދިނީ ކޯލިޝަނުގައި މިހާރުވެސް ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްޑީޕީ ގުޅިގެން 2008 ވަނަ އަހަރު އުފެއްދި ސަރުކާރުން ކަމަށެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރި ނުކުރާނެ ކަމަށް ބުނެ މިހާރު ދައްކަމުން ގެންދާ ވާހަކަތައް ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށާއި އެއީ ކުރިން ވެސް އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ފެންނަން އޮތުމުން ކަމަށެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި އަމަލުކުރައްވާނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ބޭއްވުމުގެ ސިޔާސަތަށް ކަމަށެވެ. "ޞައްޙަ އިސްލާމީ ޢަޤީދާގެ މައްޗަށް މުޖުތަމައު ބިނާކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ އެކަމުގެ ހެޔޮ ބަދަލުތައް ފެނިގެންދާނެ. ހަމަ ގައިމުވެސް އަޅުގަނޑުމެން ސިޔާސީ ހަތިޔާރަކަށް ދީން ބޭނުމެއް ނުކުރާނަން." އިބޫ ވިދާޅުވިދާޅުވިއެވެ.
މިއަދު އޮންލައިން