ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ.އަނިޔާވެރިންނާއެކު ކަމަށާއި ހައްގުގެ މަގަށް ރުޖޫއަވާން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ގޮވާލަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުސައުދުﷲ ހިލްމީ މިހެން ބުނެފައިވަނީ ޑރ.ޝަހީމް އިއްޔެ ތިނަދޫގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދު އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވުމާއިގުޅިގެންނެވެ.
ޝަހީމްގެ އެ ދައުވަތަށް ޖަވާބު ދެއްވައި ސައުދުﷲ ވިދާޅުވީ ކަށި ގިނަ ބައިބޯ ޖަންގައްޔެއްގައި ތަޖުރިބާތަކެއް ކުރެއްވިފައިވާކަމަށާއި ޑރ.ޝަހީމް މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ.އަނިޔާވެރިންނާއެކު ކަމަށެވެ އަދި ހައްގުގެ މަގަށް ޑރ.ޝަހީމް ރުޖޫއަވުމަށް ސައުދުﷲ ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީނަށް ތިނަދޫގައި އޮތް ތާއީދު ދައްކައިލުމަށް އިއްޔެ ހަވީރު ބޭއްވި ބުރަށްފަހު ޑރ. ޝަހީމް ވިދާޅުވީ ތިނަދޫގައި ތިބި "އެ ފިކުރުގެ" މީހުންގެ ތެރެއިން ގިނަ ބައަކު މިހާރު ވެސް ޕީޕީއެމަށް ބަދަލުވެއްޖެ ކަމަށެވެ. އަދި ތިނާދޫގެ ގިނަ އަދަދެއްގެ މީހުން ނުކުމެ ދައްކައިދިނީ އެމީހުން ތިބީ ރައީސް ޔާމީނާއިއެކުގައިކަން ކަމަށެވެ.