އަދުލުވެރި ނޫން ރަސްކަލަކު ވައްކަންކުރާ މީހަކާ އެއްފަދަ - ތަގުވާވެރިނޫން އިލްމުވެރިއަކު މިނިކާވަގަކާ އެއްފަދަ: މެމްބަރު އަބްދުﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަދުލުވެރި ނޫން ރަސްކަލަކު ވައްކަންކުރާ މީހަކާ އެއްފަދަ - ތަގުވާވެރިނޫން އިލްމުވެރިއަކު މިނިކާވަގަކާ އެއްފަދަ:  މެމްބަރު އަބްދުﷲ
އަދުލުވެރި ނޫން ރަސްކަލަކު ވައްކަންކުރާ މީހަކާ އެއްފަދަ ކަމަށާޢި ތަގުވާވެރިނޫން އިލްމުވެރިއަކު މިނިކާވަގަކާ އެއްފަދަކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު މިހެން ބުނެފައިވަނީ ޑރ.ޝަހީމް އިއްޔެ ތިނަދޫގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދު އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވުމާއިގުޅިގެންނެވެ.

ޝަހީމްގެ އެ ދައުވަތަށް ޖަވާބު ދެއްވައި އަބްދުﷲ ވިދާޅުވީ އަދުލުވެރި ނޫން ރަސްކަލަކު ވައްކަންކުރާ މީހަކާ އެއްފަދަ ކަމަށާއި ތަގުވާވެރިނޫން އިލްމުވެރިއަކު މިނިކާވަގަކާ އެއްފަދަ ކަމަށެވެ. އަދި އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހުނު އެއް ބަޔަކީ ތިނަދޫ ރައްޔިތުން ކަމަށެވެ. ތިނަދޫ ރައްޔިތުންގެ އަޑެއް މަޖިލީހުގައި ނެތި އަހަރެއް ވެފައިވާ ކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް ވެސް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ މީގެ ކުރިން ވެސް ތިނަދޫ ރައްޔިތުން ދެމިތިބީ އިސްލާހީ މަސައްކަތްތަކުގައި ކަމަށާއި އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ އިސްލާހީ މަސައްކަތެއްކަމަށެވެ. އަދި ތިނަދޫގެ ރައްޔިތުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އިސްލާހަށް ކަމަށާއި ތަރައްގީ ބޭނުން ވިއަސް އެ ރަށުގެ ރައްޔިތުންނަކީ އަޅުވެތިވާނެ ބައެއް ނޫން ކަމަށެވެ.

23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ބަލިކުރާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.


މިއަދު އޮންލައިން