އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓުގެ ވޯޓާ ވިލާ އަކުން މޫދަށްވެއްޓި ޗައިނާގެ ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގަައި އެކުއްޖާ މަރުވެފައި އޮއްވާ ފެނުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ވޯޓާ ވިލާޔާ ދިމާލު މޫދުނެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 8:55 ހާއިރު ކަމަށާއި އެކުއްޖާ މަރުވެފައި އޮއްވާ ފެނުނީ، 9:50 ހާއިރު ކަމަށެވެ.