23 ސެޕްޓެމްބަރު ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާ މަރުކަޒުތަކުގައި ބޭނުން ކުރުމަށް 500 އަށް ވުރެ ގިނަ ޓެބްލެޓް ހޯދައިދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިޚާބަށް ޚާއްސަކޮށްގެން ޓެބްލެޓް ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިފަހަރު، އިންތިޚާބަށް ހޯދާ، ޓެބްލެޓުގެ ސިމް މެދުވެރިކޮށް ނަތީޖާ އިލެކްޝަންސަށް ލިބޭނެކަމަށެވެ.
އަކްރަމް ވިދާޅުވީ ޓެބްލެޓް މެދުވެރިކޮށް ނަތީޖާ ފޮނުވި ނަމަވެސް ވޯޓު ގުނުމާއި އެހެން ހުރިހާ ކަމެއް ވެސް ދާނީ ކުރީގެ އިންތިޚާބުތަކެކޭ އެއްގޮތަށްކަމަށެވެ.
މީގެ ކުރީގެ އިންތިޚާބުތަކުގައި، ވޯޓުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒަށް ފޮނުވަނީ ފެކްސް އާއި ނެޓްބުކް މެދުވެރިކޮށެވެ.