ތެދުވެރިންނާއިއެކުގައި ޤާއިމުވެ ތިބުމަށް އިމާމް ގޮވާލައްވައިފިއެވެ. އިމާމް މިކަމަށް ގޮވާ ލެއްވީ އަރަފާތު ބިމަށް އެއްވެ ތިބި ހައްޖުވެރިންނަށް މިއަދުގެ ޢަރަފާތު ޚުޠުބާ އިއްވަވަމުންނެވެ.
އިމާމް ވިދާޅުވީ ވައުދާއި އަހުދުތައް ވުމަށްފަހު ނުފުއްދާނަމަ ﷲ ތަޢާލާ ޤިޔާމަތް ދުވަހު އެކަމަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވަވާނެ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކީވެސް ވައުދާއި އަހުދަށް އިހްތިރާމްކުރާ މީހަކަށްވާން ޖެހޭނެ ކަމަށެވެ.
އިމާމް ވިދާޅުވީ އެއްވެސް ކަމެއްގައި މަކަރާއި ހީލަތް ހަދައިގެން ނުވާނެ ކަމަށެވެ. އެއްވެސް ކަމެއް އޮޅުވައިލުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. ރިބާގެ މުޢާމަލާތްތަކަކީ ބޮޑުވެގެންވާ ހަރާމް ކަންކަން ކަމަށާއި ޖުވާ ކުޅުން ފަދަ ކަންކަމާއި އެއްގޮތަކަށް ކައިރިވެސް ވެގެން ނުވާނެ ކަމަށެވެ.
މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަދި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް މިއަދުގެ ޚުޠުބާގައި އިމާމް ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. އިމާމް ވަނީ މިކަން ކިރީތި ޤްރްއާނުގެ އެއް އާޔަތެއްގައި ބަޔާން ކުރައްވަވާފައި އޮތުމުން މިކަންކަމުގައި ހުރި ގުޅުމާއި ލާމެހިފައިވާ މިންވަރު އެނގި ބަޔާންވެގެންދާކަން ބަޔާން ކުރައްވަވައިފައެވެ.