މިފަހަރުގެ އިންތިޚާބަކީ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ ދެކޮޅަށް މަސައްކަތްކުރުމާ، އެއްކޮޅަށް މަސައްކަތްކުރުމުގެ މެދުގައި ބޭއްވޭ އިންތިޚާބެއް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިފަހަރުގެ އިންތިޚާބަކީ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ ދެކޮޅަށް މަސައްކަތްކުރުމާ، އެއްކޮޅަށް މަސައްކަތްކުރުމުގެ މެދުގައި ބޭއްވޭ އިންތިޚާބެއް: އިބޫ
މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ ައަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމާއި އެކަންކަން ދިރުވައި އާލާކޮށް ނަގަހައްޓައި ދެމެހެއްޓުމާއި އެއްކޮޅަށް މަސައްކަތްކުރުމުގެ މެދުގައި ބޭއްވޭ އިންތިޚާބެއް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިއަދު ވިދާޅުވީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓުލާން މިޖެހެނީ ރާއްޖެއިން ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަން ފުހެލުމަށް މަސައްކަތްކުރާ ރައްޔިތުންނާއި ރާއްޖޭގައި އެކަންކަން ދިރުވައި އިތުރަށް އާލާކުރަން މަސައްކަތްކުރާ ރައްޔިތުންގެ މެދުގައި ކަމަށެވެ.

އިބޫ ވިދާޅުވީ ފައުޅުކަން ބޮޑު ގޮތެއްގައި މިފަހަރުގެ އިންތިޚާބަކީ މިފަދައިން ބޭއްވޭ އިންތިޚާބެއްކަން ރައްޔިތުންނަށް ޔަޤީންކުރެވޭއިރު ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އިންސައްތައެއް ތާއީދުކުރާނީ ރާއްޖެއިން ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަން ފުހެލުމަށްކަން ވަރަށް ބޮޑަށް ޔަޤީން ކުރެއްވޭ ކަމަށެވެ.

"އެއްފަޅިއަކީ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަޅި- އެކަންކަން ރާއްޖެއިން ފޮހެލާނެ ފަޅި، އަނެއް ފަޅިއަކީ އެކަންކަން ރާއްޖޭގައި ދިރުވައި ނަަގަހައްޓަން މަސައްކަތްކުރާ ފަޅި، މިހާރުވެސް އެކަންކަން ކުރިއަށް ގެންދާ ފަޅި. އެއްވެސް ޒަމާނެއްގައި ދިވެހިންނަކީ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ އަނިޔާވެރިކަމަށް ތާއީދުކުރި ބައެއް ނޫން. އެހެންވީމާ ﷲ ވާގިފުޅާއިއެކު މިފަހަރުގެ އިންތިޚާބު ވަރަށް ބޮޑުތަނުން ކޯލިޝަނުން ކާމިޔާބުކުރާނެ." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން