އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި އެންމެހާ ދިވެހި ރައްޔިތުންނަށާ މުސްލިމުންނަށް ޤާސިމް އިބްރާހީމް ޢީދުގެ ތަހުނިޔާ އަރިސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި އެންމެހާ ދިވެހި ރައްޔިތުންނަށާ މުސްލިމުންނަށް ޤާސިމް އިބްރާހީމް ޢީދުގެ ތަހުނިޔާ އަރިސް ކުރައްވައިފި
އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި އެންމެހައި ދިވެހި ރައްޔިތުންނަށާއި، ޖޭޕީގެ މެންބަރުންނަށާއި، އެންމެހައި މުސްލިމުންނަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ޢީދުގެ ތަހުނިޔާ އަރިސް ކުރައްވައިފއެވެ.

ޤާސިމް އިބްރާހީމް އަކީ މާލޭގައި ހުންނެވިނަމަ ބޮޑު ޖަމާއަތުގައި ކުރާ ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ޢީދު ސަލާން ކުރައްވައި ޢީދުގެ ތަހްނިޔާ އަރިސް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

އެމަނިކުފާނަށް ރާއްޖޭގައި ހުންނެވޭނެ ގޮތް މެދުވެރިވެފައި ނުވުމަކީ އެތައް ހާސް ބައަކު ހިތާމަކުރާ ކަމެކެވެ. އެތައް ހާސް ބައެއްގެ އުންމީދަކީ ވީހައި އަވަހަކަށް އެމަނިކުފާނަށް ރާއްޖެ ވަޑައިގެންނެވި އެމަނިކުފާނުގެ އަރިހުން ކުރިންވެސް ލިބެމުން އައި އެހީތެރިކަން ލިބުމުގެ ފުރުޞަތު މާތް ﷲ ފަހިކޮށް ދެއްވެވުމެވެ.

ޢާންމުކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދެވި ބޮޑެތި އެހީތަކުގެ އިތުރުން ކޮންމެ ރަމަޟާން މަހަކަށާއި ޢީދަކަށްވެސް އެމަނިކުފާނު ވަނީ ގިނަ ބައަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިކަން ގިނަ ބައަކު ފާހަގަކުރެއެވެ.
މިއަދު އޮންލައިން