ގައުކޮށި ފްލެޓްތަކުގަ ދިރިއުޅޭ މީހުން ގުޅުން ބަދަހިކުރަން "އީދު ކެއުމެއް."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ގައުކޮށި ފްލެޓްތަކުގަ ދިރިއުޅޭ މީހުން ގުޅުން ބަދަހިކުރަން "އީދު ކެއުމެއް."
ގައުކޮށި ފްލެޓްތަކުގައި ދިރިއުޅޭ މީހުން ގުޅުން ބަދަހިކުރުމުގެ ގޮތުން "އީދު ކެއުން" ކުރިއަށް ގެންގޮސްފިއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ޢީދު ނަމާދަށްފަހު ގައުކޮށީގައެވެ.

މިއަދުނޫހަށް މައުލޫމާތުދިން މީހަކު ބުނީ މިއީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ޢީދުގެ ރޫޙް އާލާކުރުމުގެ ގޮތުން އަމިއްލައަށް އިސްނަގައިގެން ކުރިއަށް ގެންދިއަ ކައުމެއް ކަމަށެވެ.

ފްލެޓްތަކުގައި ތަފާތު ގިނަ ޢާއިލާތަކަކުން ދިރިއުޅެމުން ގެންދާއިރު މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އެކަކު އަނެކަކަށް ތަޢާރަފްވެ ގުޅުން ބަދަހިވެގެންދާނެއެވެ. އަދި އެކަމުގެ ފައިދާވެސް ކުރަމުންދާނެއެވެ.

ޢިދު ފާހަގަކުރުމުގެ ގޮތުން ބޮޑެތި ޖަމާއަތްތައް ހަދައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ޘަޤާފަތާއި ގުޅިފައިވާ ކަމެކެވެ.

ފަހަކަށް އައިސް މިފަދަ އިޖުތިމާޢީ ކަންކަން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު ގައުކޮށީ ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ މި ހަރަކާތުގެ ސަބަބުން ދިރުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން