މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާއި ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ޚިދުމަތްތަކަކީ:
• ކީރިތި ޤުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ޤުރުއާން ރިސައިޓޭޝަން ބަޑީ،
• އެތަށް ސަތޭކަ އިސްލާމީ ވީޑިއޯ ތަކާއި އެނިމޭޝަންތައް،
• ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތައް،
• ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތައް، އެކި ޤައުމުތަކުގެ ކުދިންނާއި ހިއްސާ ކޮށްލެވޭ ކްރިއޭޓް އެންޑް ޝެއާ ޕްލެޓްފޯމް،
• ކުލަޖައްސާ ޕޭޖުތައް، އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވަރކްޝީޓް.
މި ޕްލެޓްފޯމު މެދުވެރިކޮށް އިސްލާމީ ތައުލީމު ހޯދުމުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެތައް ހާސް ޑިޖިޓަލް ރިސޯސްތަކެއް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބިގެންދެއެވެ.
"އުރީދޫގެ ޓީމްގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޟްހާ އީދުގެ ތަހުނިޔާ އާއި މުބާރިކްބާދު ދަންނަވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންތެރި އަދި އާންމު ދިރިއުޅުމުގައި ފައިދާކުރާނެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް، އުރީދޫ އިން ވަރަށް ބޮޑު އަޙަމިއްޔަތުކަމެއްދޭ. މިގޮތުން، މިއަދު ދިވެހީންނާއި ހަމައަށް މިގެނެސްދެނީ ވަރަށް ޚާއްސަ، އަދި އަޅުގަނޑުމެންގެ ހިތްތަކާއި ނުހަނު ގާތް ޚިދުމަތެއް. މުސްލިމް ކިޑްސް ޓީވީ އަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްްްއަޤްވާމީ އެޑިއުކޭޝަނަލް ރިސޯސް އެއް. އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްލެޓްފޯމަކީ ބޭނުންތެރި އަދި އިސްލާމީ އުސޫލުތައް އުނގެނުުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ޚިދުމަތަކަށްވުން." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
މުސްލިމް ކިޑްސް ޓީވީ ބޭނުންކުރެެއްވުމަށް ތިން ޕެކޭޖެއް ކަނޑައެޅިފައިވާއިރު، ބޭނުންވާ ކީވާޑް ޖެއްސެވުމަށްފަހު 5858 އަށް އެސްއެމްއެސް ކުރެއްވުމުން، ފަސޭހަމާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް މި ޕްލެޓްފޯމްގެ ޚިދުމަތް ހޯއްދެވޭނެއެވެ.
www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ޑައުންލޯޑް ކުރެވޭ މުސްލިމް ކިޑްސް ޓީވީ އެޕް މެދުވެރިކޮށް، މި ޕްލެޓްފޯމް ފަސޭހަކަމާއި އެކު ބޭނުން ކުރެވޭނެ އެވެ.
މުސްލިމް ކިޑްސް ޓީވީ އާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv ލިބިވަޑައިގަންންވާނެއެވެ.