މަޚްލޫފް ވިދާޅުވީ ޓެބްލެޓަށް ނަތީޖާ އެންޓަރކުރުމުން އިލެކްޝަންސް ކޮމިޝަނުން ނަތީޖާ "ހުއްދަކުރުމުން" ނޫނީ ޕްރިންޓް ނުކުރެވޭނެ ކަމަށެވެ. އަދި ކުރިން އަމަލުކުރަމުން އައި އުޞޫލަކީ ވޯޓު ގުނާ މަރުކަޒުތަކުގައި ނަތީޖާ ޝީޓް އަތުން ލިޔެ ފުރިހަމަކުރުން ކަމަމަށެވެ.
ރީރަޖިސްޓަރ ކުރުމުގެ ފޯމްތަކަށް ކުރިމަތިވި މައްސަލަތަކަށް ބަލާއިރު ޓެބްލެޓް ވެގެންދާނީ ނަތީޖާ ބަދަލުކުރުވާ އެއްޗަކަށް ކަމަށް ޤަބޫލުކުރެވޭ ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ. އެހެންކަމުން ވޯޓުގުނާ މަރުކަޒުގައި ތިބޭ އޮފިޝަލުން މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވެގެން ނޫނީ ޞައްހަ ނަތީޖާއެއް ނުލިބޭނެ ކަަމަށް ވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ކަންކަން ކުރުމުގެ ފެންވަރު މަތިކުރުމުގެ ނަމުގައި ޝައްކު އުފެދޭ ގޮތަށް ކަންކަން ނުކުރުމަށް ގިނަ ބައަކު ދަނީ އިލްތިމާސްކުރަމުންނެވެ. ޒަމާނުންސުރެ ރާއްޖޭގައި އަމަލުކުރަމުން އަންނަ ރައްޔިތުން ބަލައިގެންފައިވާ އުޞޫލުތައް އިންތިހާއަށް ބޮޑެތި ޚަރަދުތައް ކޮށްގެން ބަދަލުކުރަން ކުއްލިއަކަށް އުޅޭ ސަބަބާއިމެދުވެސް ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދަނީ ނަތީޖާ ބަދަލުކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި ނަތީޖާ އިއުލާނު ކުރުވާނީ ރައްޔިތުން ލާ ވޯޓާއި އެއްގޮތަށް ކަމަށެވެ.
Tablet ah natheejaa enter kurumun,EC inn electronically approve nukuranees natheejaa sheet print eh nukurevey.Kurin onna usoolun sheet ga athun liyefa,vote gunaa markazuga natheejaa sheet thaiykuran jeheyne. Vote gunan tablet beynun kurumakee QA aai qaanoonuthakaai khilaaf kameh.
— Ahmed Mahloof (@AhmedMahloof) August 21, 2018