ކައުންސިލުން ބުނީ އެއީ ވަރަށް ޒަމާންވީ، ތާރީޚީ މިސްކިތެއް ކަމަށާއި މިސްކިތް ފަޅުކޮށްފައި ބަހައްޓާތާ މިހާރު 5 އަހަރުވެފައިވާ ކަމަށެވެ. އަދި އެތަން ބަލަހައްޓަން ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް އަދި މިހައިތަނަށް ލިބިފައި ނުވާ ކަމަށެވެ.
"ރައްޔިތުން ބޭނުންވޭ އެތަން ވިރާނާ ވިއަ ނުދީ ތާރީޚީ ތަނެއްގެ ގޮތުގައި ބަލަހައްޓަން. އެހެންވެ ހެރީޓޭޖާއި ވެސް ވާހަކަދައްކަމުން މިގެންދަނީ. އެހެންވެ ކޯލިޝަނުގެ ވެރިކަމެއްގައި އެކަން ހަމަޖައްސަވައިދެއްވުން އެދި އެކަން އިބޫގެ ސަމާލުކަމަށް އަޅުގަނޑުމެން ގެނައީ." ކައުންސިލްގެ ރައީސް ނާފިޒް ވިދާޅުވިއެވެ.
ސާފުނުކޮށް، ނުބަލަހައްޓައި ދޫކޮށްލާފައި ހުންނަތާ 5 އަހަރުވެފައިވާ އެތަން ބައްލަވައި ލެއްވުމަށް ބޫޓާއެކު އިިބޫ ވަދެވަޑައިގަތުމުން އެކަމުގެ ހަޤީޤަތް އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ގެންދަނީ ފޮޓޯ އާއި މައުލޫމާތު ފަތުރަމުންނެވެ.