އެހެން ޤައުމުތަކުގެ އެހީ ބޭނުމެއް ނޫން، ގަބޫލެއް ނުކުރާނަން- އިންޑިއާ

ކިޔުމަށް ހޭދަވާނީ 55ސ
އެހެން ޤައުމުތަކުގެ އެހީ ބޭނުމެއް ނޫން، ގަބޫލެއް ނުކުރާނަން- އިންޑިއާ
ނިއު ދިއްލީ: އިންޑިއާގެ ކެރަލާއަށް ކުރަމުންދިޔަ ވިއްސާރާގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވީ ނަމަވެސް، ބޭރުގެ އެހެން ޤައުމުތަނުން ދޭ އެހޯ ގަބޫލެއް ނުކުރާނެ ކަމަށް އެޤައުމުން ބުނެފިއެވެ.

ޔޫއޭއީ އާއި ޤަތަރުގެ އިތުރުން ރާއްޖެއިން ވެސް ވަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ނަމަވެސް އެޤައުމުގެ ސަރުކާރުގައި އިސްކޮށް ތިބި ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެހެން ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމަށް ޝުކުރު އަދާ ކުރާ ކަމަށާއި، އެހެން ނަމަވެސް ކެރަލާ އަލުން އާރާސްތު ކުރުމަށް ބޭނުން ކުރާނީ އެޤައުމުގެ އަމިއްލަ ތަކެއްޗާއި ފައިސާ ކަމަށެވެ.

އިންޑިއާގެ އިސް ފަރާތްތަކުން މިހެން ބުނެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫއޭއީ ގެ ޕްރައިމް މިނިސްޓަރ ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަކްތޫމް ވަނީ އިންޑިއާ އަށް 700 ކްރޯޑް ރުޕީސް ހަދިޔާ ކޮށްފައެވެ. އަދި ޤަތަރުން 35 ކްރޯޑް ރުޕީސް ގެ އެހީދޭން ނިންމާފައިވާއިރު ރާއްޖެއިން ވަނީ 50،000 ޑޮލަރުގެ އެހީއެއް އިންޑިއާ އަށް ހަދިޔާ ކޮށްފައެވެ.
މިއަދު އޮންލައިން