އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ނ. އަތޮޅަށް މިއަދު ދަތުރު ފައްޓަވައިފިއެވެ.
ނ. މަނަދޫ އަށް އިބޫ މިހާރު ދަތުރު ކުރައްވަމުންދާއިރު، އެއަތޮޅު މަގޫދޫ، ޅޮހި އަދި މިލަދޫ އަށް ވެސް މިއަދު ވަޑައިގަންނަވާނެއެވެ. އަދި މިލަދޫގައި މިރޭ ޖަލްސާ ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު އިބޫ މާދަމާ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދަތުރު ފައްޓަވާނެއެވެ.