ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އަބަދުވެސް މަސައްކަތް ކުރާނަން: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އަބަދުވެސް މަސައްކަތް ކުރާނަން: ސަލްމާން ރަސްގެފާނު
ހައްޖާއި އުމުރާވުމަށް ސައުދިއަރަބިޔާއަށް ދާ މީހުންނަށް ވީހައި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވަން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަލްމާން ރަސްގެފާނާއި ވަލީއަހުދު އަހްމަދު ބިން ސަލްމާން އިއްޔެ ވަނީ މައްކާގެ އިސް މުފްތީ އާއި ދީނީ ބައެއް ޢިލްމްވެރިންނާއި އަދި ސަލާމަތީ ކަންކަން ބަލަހައްޓާ އިސް އޮފިސަރުންނާއި ބައްދަލުކުރައްވައިފައެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ މިއަހަރުވެސް ވަރަށް ޚިދުމަތްތައް އިންތިޒާމުކޮށް ޚިދުމަތް ދެވިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ސަލްމާން ރަސްގެފާނު އިއްޔެ ވަނީ މިނާގެ ބައެއް ފޭލިގެތަކަށް ޒިޔާރަތް ކުރައްވައި ހައްޖުވެރިންގެ ޙާލު ބައްލަވާލައްވައިފައެވެ. ސައުދިއަރަބިޔާއިން ބުނެފައިވަނީ މިއަހަރު ހައްޖުވީ 2.4 މިލިއަން މީހުން ކަމަށެވެ.
މިއަދު އޮންލައިން