ހަޤީޤަތް ހާމަ ނުކޮށް ފަސްޖެހޭނަމަ ޒިންމާ އުފުލަން އޭސީސީ އަށާއި އޮޑިޓަރ ޖެނެރަލަށް ޖައްސުވާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހަޤީޤަތް ހާމަ ނުކޮށް ފަސްޖެހޭނަމަ ޒިންމާ އުފުލަން އޭސީސީ އަށާއި އޮޑިޓަރ ޖެނެރަލަށް ޖައްސުވާނަން: އިބޫ
މިސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކާއި ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ބަލައި ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރުމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގޮވާލައްވައިފިއެވެ.

ރ. އަތޮޅަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހާމަނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަން މުއައްސަސާތަކަށް ޖެހޭނެ ކަމަށެވެ.، ރއްޔިތުންނަށް ޖަވާބުދާރީ ވާންވެސް ޖައްސުވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިސަރުކާރުން ބުނާ "އިތުރުވާ އާމްދަނީ" އިތުރުވަމުން ދަނީ އިތުރުވާކަމަށް ބުނާ ބައެއްގެ ޖީބުތަކަށް ކަމަށާއި ރައްޔިތުންނަށް އެ މުއްސަނދިކަން ނުލިބޭ ކަމަށެވެ.

އިބޫ މިމޭރުމުން ވިދާޅުވެފައިވާއިރު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ދައުލަތުގެ ހަޤީޤީ ރިޒަރވް ދަނީ ދަށްވެ ހުސްވަމުން ކަމަށާއި ދައުލަތުގެ ރިޒަރވް އިތުރުވެއްޖެ ކަމަށް ބުނާއިރު އެއީ ވެސް ރައްޔިތުން ދަރަނިވެރިކުރުވައިގެން ނަގަމުން އަންނަ ދަރަނި ފައިސާ ކަމަށެވެ.

އިބޫ މިއަދު ވިދާޅުވީ 25 ބުރީގެ އިމަރާތުގެ ކޮރަޕްޝަނަށް ބެލި ނަމަވެސް އެއީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެގެން ތިބި މީހުންގެ 80 އިންސައްތަ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދެވޭނެ ވަރުގެ އަދަދެއް ކަމަށެވެ. 15 އެއާޕޯޓާއި އެތައް ބަނދަރެއް ހެދޭނެ ފައިސާ ކަމަށެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ ފައިސާތައް ޖީބަށް އަޅައިގެން ތިބިއަ ނުދެއްވާނެ ކަމަށާއި ޖީބުތަކުން އެ ފައިސާތައް ނެރުއްވައި ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަަށެވެ. ރައްޔިތުންގެ ފައިސާ އާއި މުދަލަށް ވެރިވެގަނެ އަމިއްލަކޮށްގެން ތިބުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
މިއަދު އޮންލައިން