ދުއާ ކޮށްދީ މާފު ކުރުމަށް އެދި ނޯޓެއް ބޭއްވުމަށްފަހު، ޗަރޗަކުން ވައްކަން ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ދުއާ ކޮށްދީ މާފު ކުރުމަށް އެދި ނޯޓެއް ބޭއްވުމަށްފަހު، ޗަރޗަކުން ވައްކަން ކޮށްފި
މަގުން ކައްސާލުމަކީ ގިނަ މީހުންނަށް ވަރަށް އާދަޔާ ޚިލާފު އަދި އެހާމެ މޮޔަ ކަންތައް ވެސް ކުރެވޭ ކަމެކެވެ. މިފަަހަރުވެސް ވެފައިވަނީ އެކަހަލަ ގޮތެކެވެ.

ކަނެކްޓިކަޓްގެ ޗަރޗަކަށް ދަންވަރު ގަޑީގައި މީހަކު ވަދެ، މީހަކު ވަނީ އަގުބޮޑެތި އެއްޗެހިތަކެއް ނަގައި ވައްކަން ކޮށްފައެވެ.



އޭނާ އެޗަރޗަށް ވަދެ ވައްކަން ކުރި މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް ވޯޓަރބަރީ ޕޮލިސް ޑިޕާޓްމެންޓުން އާންމުކޮށްފައިވާއިރު، އޭގެން ފެންނަ ގޮތުގައި އޭނާ ނަގާފައިވަނީ ހުސް ކަރަންޓާއި ގުޅޭ ސާމާނެވެ.



މިހާދިސާގައި ގިނަ ބަޔަކު އެންމެ ހައިރާންވި ކަމަކީ، ވައްކަން ކުރުމުގެ ކުރިން އެމީހާ ނޯޓެއް ލިޔެފައި ޗަރޗުގައި ބާއްވާ މަންޒަރު ފެނުމުންނެވެ. ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައި މިނޯޓު އާންމުކޮށްފައިވާއިރު، އޭގައި ލިޔެފައިވަނީ އޭނާއަށް ދުއާ ކޮށްދިނުމަށާއި މާފު ކޮށްދިނުމަށެވެ. އަދި އޭނާ ސަލާމަތް ކުރުމަށް ވެސް އެދިފައިވެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެމީހާ ވަގަށް ނަގާފައިވަނީ 4000 ޑޮލަރުގެ އަގުހުރި އޯޑިއޯ އަދި ވީޑިއޯ ސާމާނެވެ.

އެމްޓީ އޮލިވް ނަމަކަށް ކިޔާ ޗަރޗެއްގައި މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެޗަރޗުން ވައްކަން ކުރި މީހާ ހޯދުމުގެ މަސައްކަތް އެޤައުމުގެ ފުލުހުން ކުރަމުންދާއިރު، އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދިފައިވެއެވެ.


މިއަދު އޮންލައިން