ގޮތް ކިޔައިދޭނެ ނުފޫޒު ގަދަ ބައަކު ވަށައިގެން ތިބެ ނުފޫޒު ފޯރުވާނަމަ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތް ހިންގަން ރައްޔިތުން އިސްކުރާ މީހާގެ މައްޗަށް ބަސް ކިޔައި ނުފޫޒު ހިންގާނެ އެތައް ބައަކު ތިބޭނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތް ހިންގައި ނުދެވޭނެ ކަމަށެވެ.
"ދައުލަތް ހިންގައިދެވޭނީ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާގެ އަތުގައި ހުރިހާ ބާރުތަކެއް އޮތިއްޔާ. އޭނަ ހަމައެކަނި ތެދުވެރިވާން ޖެހޭނީ އޭނަ ކުރިމަތީގަ ޤާނޫނު އަސާސީ އާ އެއްގޮތަށް ޤާނޫނީ ސަރުކާރެއް ދެމެހެއްޓުމަށާ އިސްލާމީ އުޞޫލުތައް ދެމެހެއްޓުމަށާ އިންޞާފު ޤާއިމުކުރުމަށް."
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނަމަ ރައްޔިތުން އެކަން ޤަބޫލުކުރާކަން ބެލުމަށް ވޯޓުލާން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެ ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބު އެމްޑީޕީއަށް ނުލިބިއްޖެނަމަ އެހިސާބުން ވެރިކަން ބަދަލުވެގެންދާނެ ކަމަށެވެ. އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ނަމަވެސް ބޮޑުވަޒީރުކަން ކުރައްވާނީ މިހާރު ހުންނެވި ކެންޑިޑޭޓް ކަމަށްވެސް ނުބުނެވޭނެ ކަމަށެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމެއް ޤާއިމުކުރުމުގެ ވާހަކަ އަކީ ދެކޮޅު ނުޖެހޭ ގޮތަށް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.