އެމްޑަބްލިއުއެސްސީ އަށް 1996 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ހިދުމަތް ކޮށްދެއްވި މުހައްމަދު ރަޝީދު ރޭ އަވަހާރަވެއްޖެ އެވެ.
މުހައްމަދު ރަޝީދަކީ ސިވިލް އިންޖިނަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ވޯޓާ އެންޑް ސުވަރޭޖް ދާރާއިން ދިގު މުއްދަތެއްގައި ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޑަބްލިޔުއެސްސީގައި މުހައްމަދު ރަޝީދު އަދާކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ ޓެކްނިކަލް މެނޭޖަރުގެ މަގާމާއި، މާކެޓިން މެނޭޖަރުގެ މަގާމާއި، އިންޖިނަރިން މެނޭޖަރުގެ މަގާމުގެ އިތުރުން އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ހިމެނެ އެވެ.