ރިޔާސީ ބަހުސްގެ ދައުވަތު އިބޫ ގަބޫލު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ރިޔާސީ ބަހުސްގެ ދައުވަތު އިބޫ ގަބޫލު ކުރައްވައިފި
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ގަބޫލުކުރައްވައިފި އެވެ.

މިބަހުސް އިންތިޒާމްކުރަނީ ގައުމީ ޔުނިވަސިޓީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.

ގައުމީ ޔުނިވަސިޓީން ވަނީ އެތަނުގެ ދައުވަތު، ދެ ކެންޑިޑޭޓުން ވެސް ގަބޫލުކުރެއްވުމުން ޝުކުރު އަދާކޮށްފަ އެވެ.

މިބަހުސް ބާއްވާ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

އިންތިޚާބުގައި ދެން ވާދަކުރައްވާ، ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ބަހުސްގެ ދައުވަތު ގަބޫލުފުޅު ކުރައްވާފަ އެވެ.


މިއަދު އޮންލައިން