ދިވެހި 8 ޑޮކްޓަރަކު ސްޕެޝަލައިޒްވުމަށް ނޭޕާލަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ދިވެހި 8 ޑޮކްޓަރަކު ސްޕެޝަލައިޒްވުމަށް ނޭޕާލަށް ފުރައިފި
ދިވެހި އަށް ޑޮކްޓަރަކު ސްޕެޝަލައިޒްވުމަށް ނޭޕާލަށް ފުރައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ދިން ލޯން ސްކީމްގެ ދަށުންް ނޭޕާލަށް ފުރާފައިވާ 8 ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީޝިއާ، ރޭޑިއޮލޮޖީ، ސައެކެޓްރީ، ޖެނަރަލް ސާޖަރީ އަދި އިންޓާނަލް މެޑިސިންގެ އިތުރުން ޖެނެރަލް ސާޖަރީ އޮބްސްޓެޓްރިކްސް، ގައިނަކޮލޮޖީ، ޕީޑިއެޓްރިކްސް އަދި އީއެންޓީ ހިމެނެއެވެ.



ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 45 ޑޮކްޓަރުން ނޭޕާލަށް ފޮނުވަައިފައިވެއެވެ.

މިއަދު އޮންލައިން