އޮތީ ހަމައެކަނި މަރަށް މަރު ހިފުމެއް ނޫން- ހައްދު ޖެހުމާ އަތް ކެނޑުން ވެސް އިސްލާމީ ޝަރީޢަތުގަ އެބައޮތް: ޑރ. އިޔާޛް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އޮތީ ހަމައެކަނި މަރަށް މަރު ހިފުމެއް ނޫން- ހައްދު ޖެހުމާ އަތް ކެނޑުން ވެސް އިސްލާމީ ޝަރީޢަތުގަ އެބައޮތް: ޑރ. އިޔާޛް
ޤިޞާޞް އަކީ ބުނެލާ ބުނުމަކުން ހިފޭ އެއްޗެއް ނޫން ކަމަށާއި އެކަމުގެ ޝަރުޠު ހަމަވާނަމަ އަމަލީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށާއި ހަމަ އެއާއިއެކު ހައްދު ޖެހުމާއި ވައްކަންކުރާ މީހުންގެ އަތް ކެނޑުމަކީ ވެސް އިސްލާމީ ޝަރީޢަތުގައި އޮންނަ ކަމެއް ކަމަށް ޑރ. މުޙައްމަދު އިޔާޛް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޛް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ޤިޞާޞް ހިފުމުގެ ގޮތުން މަރަށް މަރުހިފާނެ ކަމަށް މިސަރުކާރުން ބުނަމުން ގެންދާ ވަގުތެއްގައެވެ. ޑރ. އިޔާޛްގެ ބަސްފުޅުން އެނގިގެންދަނީ ޤިޞާޞް ހިފުމަކީ އެކަމުގެ ޝަރުޠު ހަމަވާނަމަ އަމަލީ ގޮތުން ކުރަންޖެހޭ ކަމެއް ކަމެވެ.

މަރުގެ އަދަބު ދިނުމަކީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަދަބު ކަމަށްވާއިރު އަދި މަރުގެ އަދަބު ދިނުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު މުޖުތަމައުގައި އެންމެ ބޮޑަށް ޢާންމުވެފައިވާ ފާހިޝް އަމަލުތައް ކުރުމުން ހައްދު ޖެހުމާއި ވައްކަން ކުރުމުން އަތް ކެނޑުމުގެ ވާހަކަ ނުދައްކާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

"ޤިޞާޞް އަކީ ބުނެލާ ބުނުމަކުން ހިފޭ އެއްޗެއް ނޫން. އެކަމުގެ ޝަރުޠު ހަމަވާނަމަ އަމަލީ ގޮތުން ކުރަންޖެހޭ ކަމެއް. ހަމަ އެއާއިއެކު ހައްދު ޖެހުމާއި ވައްކަންކުރާ މީހުންގެ އަތް ކެނޑުމަކީ ވެސް އިސްލާމީ ޝަރީޢަތުގައި އޮންނަ ކަމެއް."





މިއަދު އޮންލައިން