ފުވައްމުލަކުން ތަފާތު ބޮޑު ނަތީޖާއެއް ލިބޭނެކަން ދައްކުވައިދީފި: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފުވައްމުލަކުން ތަފާތު ބޮޑު ނަތީޖާއެއް ލިބޭނެކަން ދައްކުވައިދީފި: ފައިޞަލް
ރިޔާސީ އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް ކޯލިޝަނަށް ތާއީދުކޮށް ވޯޓުދޭނެ ކަމަށާއި ތަފާތު ބޮޑު ނަތީޖާއެއް ކޯލިޝަނަށް ލިބޭނެކަން އެސިޓީގެ ރައްޔިތުން ދައްކުވައިދީފި ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިކަން ހާމަކުރައްވާފައިވަނީ ފުވައްމުލަކު ސިޓީއަށް ކުރެވި ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުން އެރުވި ފުރިހަމަ ތާއީދަށް ޝުކުރު އަދާކުރައްވައި ފޮނުއްވި މެސެޖުގައެވެ.

ފުވައްމުލަކު ސިޓީގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ މިސަރުކާރުން ދީފައިވަނީ ހަމައެކަނި ނަމެއްގައި ކަމަށާއި އެއީ ރައްޔިތުންނަށް މިސަރުކާރުން ކޮށްފައިވާ މަލާމާތެއް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޞިއްޙީ ވަރަށް އާދައިގެ ކަންކަމުގައިވެސް ފަރުވާ ހޯދަން ރަށުން ބޭރަށް ދާންޖެހޭ ގޮތަށް މިހާރު އޮތް އޮތުން ކޯލިޝަނުގެ ސަރުކާރެއްގައި ނިމުމަކަށް ގެންނަވާނެ ކަމަށެވެ. ރަށަށް ބޭނުންވާ ތަރައްޤީ ގެނެސް ދެއްވައި ފުވައްމުލަކަކީ ހަމައެކަނި ނަމެއްގައި ސިޓީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.




މިއަދު އޮންލައިން