ސިއްޙީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް ރައީސް މައުމޫން ދޫނިދޫއަށް ބަދަލުކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
ސިއްޙީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް ރައީސް މައުމޫން ދޫނިދޫއަށް ބަދަލުކޮށްފި
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސިއްޙީ ހާލުކޮޅު ގޯސްވެފައި ވަނިކޮށް އެމަނިކުފާނު މިއަދު ދޫނިދޫ އަށް ބަދަލުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ ރައީސް މައުމޫން މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލު ކޮށްފި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ބަދަލު ކުރާ ސަބަބެއް ސާފު ނުވާ ކަމަށެވެ.

ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލު ކުރާއިރު އެމަނިކުފާނުގެ ސިއްޙީ ހާލަތު ގޯސްވެގެން ފަރުވާ ދެއްވުމަށް މާލެއިން ޑޮކްޓަރުން ތަކެއް ވަނީ މާފުށީ ޖަލަސް ގޮސްފައެވެ. އަދި އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބުނެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު އޮންލައިން