އަޅުގަނޑުގެ ސަރުކާރެއްގައި ކޯލިޝަން ދެމި އޮންނާނެ: އިބޫ

ކިޔުމަށް ހޭދަވާނީ 47ސ
އަޅުގަނޑުގެ ސަރުކާރެއްގައި ކޯލިޝަން ދެމި އޮންނާނެ: އިބޫ
އިދިކޮޅު ސިޔާސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރެއްގައި، ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވައިފިއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިނު ކުރުމަށް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދުއްފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޯލިޝަންގައި މިހާރު ތިބި ހުރިހާ ޕާޓީތަކާއި ގުޅިގެން ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިއުފައްދަނީ ޤައުމީ ރައްޔިތުންގެ ސަރުކާރެއް. މިއީ އެންމެ މީހެއްގެ ނުވަތަ އެންމެ ބައެއްގެ ސަރުކާރެއް ނޫން. މިއީ މިއަދު މިޤައުމަށް ބޭނުންވެފައި އޮތް ގޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި ދެ އަހަރު ވަންދެން މިކުރި މަސައްކަތް، އަޅުގަނދުގެ ސަރުކާރެއްގައި ދެމި އޮންނާނެ" އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން