ރައީސް ޔާމީނަށް ވޯޓުލާނީ ވައްކަމާ ފަސާދަ 3 ގުނައަށް އިތުރުކުރަން ފުރުޞަތުދޭން ބޭނުންވާ މަދު ބައެއް: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރައީސް ޔާމީނަށް ވޯޓުލާނީ ވައްކަމާ ފަސާދަ 3 ގުނައަށް އިތުރުކުރަން ފުރުޞަތުދޭން ބޭނުންވާ މަދު ބައެއް: ޤާސިމް
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓުލާނީ ރާއްޖޭގައި ހިންގަމުން ގެންދާ އަނިޔާވެރިކަމާއި ވައްކަމާއި ފަސާދަ 3 ގުނައަށް އިތުރުކުރަން ފުރުޞަތުދޭން ބޭނުންވާ ބައެއް ކަމަށާއި އެއީ ވަރަށް މަދު އަދަދެއްގެ ބައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ިއިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފޭސްބުކް މެދުވެރިކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވީހައި ވެސް ހެނދުނާ ވޯޓުލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

"އަޑު އިވެނީ ވަކިހިސާބަކުން ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަންތައް ގަނޑެއް ހިންގުމަށްފަހު އެކަން ބަހަނާއަކަށް ދައްކައި ވޯޓުފޮށިތައް ބަންދުކޮށް އެހިސާބުން ވޯޓުގުނަން ރާވާ ވާހަކަ. މިފަދަ ކޮންމެ ކަމެއްވެސް ކޮށްފާނެ. އެހެންވީމާ ވީހާ ހެނދުނަކާ ނުކުމެ ވޯޓުލުމަށް މިއެދެނީ."

ޤާސިމް އިބްރާހީމް ވިދާޅުވީ, ފޮށިފޮށީގައި ދޫވެއްސަށް ވަނީ ހަލާލު ފައިސާ ނޫން ކަމަށް ރައީސް ޔާމީން ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގަތުމަށްފަހު އެ ފައިސާ ބޭނުންކުރެވުނު ކަންކަން ވެސް ބަޔާންކޮށްދެއްވާފައި ކަމަށެވެ. ނަަމަވެސް އެއީ ކިތައް ބިލިއަން ރުފިޔާކަން ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި މިފަދައިން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަތުމުން ވެސް އެ މައްސަލަތައް ބަލަންޖެހޭ މުއައްސަސާތަކުން ނުބަލައި މަޑުން އެތިބެނީ ކީއްވެގެން ކަމާއިމެދު ސުވާލުތައް އުފެދޭ ކަމަށެވެ.

މީގެއިތުރުން ޤާސިމް އިބްރާހީމް ވިދާޅުވީ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމަށްފަހު އިއްޒަތާއި ޤަދަރާއިއެކު ވަކިވެވަޑައިގެން ހުންނެވި ރައީސް މައުމޫނުގެ ޞިއްޙީ ހާލުކޮޅު އިންތިހާއަށް ސީރިއަސްވެފައިވާއިރުވެސް ފަރުވާ ދިނުމުގެ ބަދަލުގައި ގެންދަނީ "ހަތްއައްތަވަޅިން ގައުނަގާހެން" އެއްތަނުން އަނެއް ތަނަށް ބަދަލުކުރަމުން ކަމަށެވެ. ޤައުމުގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް އަރުވަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީން ބަޔާންކުރާ ހައްޤުތައްވެސް ފޯރުކޮށް ނުދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މުޅި ޤައުމު މިވަނީ އަނދިރި ވަޅުގަނޑަކަށް ވައްޓާލާފައި ކަމަށާއި ސެޕްޓެމްބަރު 23 ގައި ލާ ވޯޓަކީ އެހާލަތުން ޤައުމު ސަލާމަތްކޮށް އަލިކަން ހޯދައިދޭން ރައްޔިތުންނަށް ލިބޭ އެންެމެ ފަހު ފުރުޞަތު ކަމަށެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހިފައި ޤައުމު ސަލާމަތްކުރަން ހުރިހާ ރައްޔިތުން އެއްބައެއްގެ ގޮތުގައި ނުކުމެ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމްކުރި ކަމަށް ބުނެ ބަޔާނެއް ނެރެފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުންގެ ޢައިރު ޙާޒިރުގައި ރޭގަނޑު ދަންވަރުއެވެ.

އެ ބަޔާނުގައި ޤާނޫނާއި ޚިލާފު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި މައްސަލަ ވަނީ 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތއިުނާފްކޮށްފައެވެ. އަަހަރު ފުރެން ދާދިކައިރިވެފައިވާއިރުވެސް އަދިވެސް މައްސަލައިގެ އެންމެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެއެވެ.
މިއަދު އޮންލައިން