ދިވެހި ކުންފުންޏެއްގެ ބައިވެރިވުން ނެތި ޢުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހަވާލެއް ނުކުރާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ދިވެހި ކުންފުންޏެއްގެ ބައިވެރިވުން ނެތި ޢުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހަވާލެއް ނުކުރާނަން: އިބޫ
ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ދިވެހި ކުންފުންޏެއްގެ ބައިވެރިވުން ނެތި ހަވާލު ނުކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އަލިފުށީގައި ވާހަކަ ދައްކަވަމުން އިބޫ މިރޭ ވިދާޅުވީ ރާއްޖޭގައި ޤާބިލު ކުންފުނިތައް އެބަހުރި ކަމަށާއި ސަރުކާރުގެ ކުންފުނިތަކުގައިވެސް ޤާބިލުކަން އެބަހުރި ކަމަށެވެ. އަދި ރާއްޖޭގެ ކުންފުނިތަކަށް ފުރުޞަތު ދިނުމުން އެ ކުންފުނިތަކުގެ ޤާބިލުކަން އިތުރުވެ އަދި ދިވެހިންގެ ފަންނީ ޤާބިލުކަންވެސް ވެސް އިތުރުވެގެންދާނެ ކަމަށެވެ.

"އިހަށް ދުވަހުވެސް އަޑު އިވިގެން މިދިއައީ 20 ރަށެއްގެ މަސައްކަތް 800 މިލިއަން ރުފިޔާއަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކުރެވުނު ވާހަކަ. މިއީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކުރާނެ ގޮތެއް ނޫން."
އިބޫ ވިދާޅުވީ ދިވެހި ކުންފުނިތަކަށް އިތުރު ފުރުޞަތުތައް ދިނުމުން ކުންފުނިތައް އިތުރަށް މުއްސަނދިވެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށާއި އަދި ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓޭ މިންވަރު އިތުރުވެ ރާއްޖޭގެ އިޤްޠިޞާދަށް ކުރާ ފައިދާ ބޮޑުވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން