ނޫރު މިސްކިތުގެ މަތީބުރީގަ ތިބި މީހުންނަށް ޚުޠުބާގެ އަޑު ނުއިވުމުން ބައެއް މީހުން ރުޅި ގަދަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ނޫރު މިސްކިތުގެ މަތީބުރީގަ ތިބި މީހުންނަށް ޚުޠުބާގެ އަޑު ނުއިވުމުން ބައެއް މީހުން ރުޅި ގަދަވެއްޖެ
ނޫރު މިސްކިތުގެ މަތީބުރީގައި ތިބި މީހުންނަށް މިއަދުގެ ހުކުރު ޚުޠުބާ އަޑެއް ނުއިވުމުން ބައެއް މީހުން ރުޅިގަދަވެއްޖެއެވެ.

އެކަމާއި ކަންބޮޑުވި ބައެއް މީހުން ބުނީ ސިޔާސީ ބައްދަލުވުމެއް ނުވަތަ ސަރުކާރުން ޖަލްސާއެއް ބާއްވާނަމަ އެ ޖަލްސާއެއް ފެށެންދެން ސައުންޑް ޗެކްކުރަމުން ގެންދާއިރު ހުކުރު ނަމާދު ފަދަ މުހިންމު ނަމާދުތަކަށް ސައުންޑް ބަލައި ޗެކްކުރޭތޯ ބަލައިލާނެ މީހަކު ނުވަތަ ފަރާތެއް ނެތުމުން ކަންބޮޑުވާ ކަމަށެވެެ.

ޚުޠުބާއަށް ސަމާލުކަންދީ އަޑުއެހުމަކީ ހުކުރު ނަމާދު ފުރިހަމަވުމުގެ ޝަރުޠެކެވެ. ނަމަވެސް ނޫރު މިސްކިތުގައި މިއަދު އެދިމާވިފަދަ ހާދިސާއެއް މެދުވެރިވެގެން އަޑު އިވުމުން އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ހުކުރަށް ގޮސް ތިބި މީހުންނަކަށް ނޫނެވެ. އެކަން ބަލަހައްޓަންޖެހޭ ފަރާތަށެވެ.
މިއަދު އޮންލައިން