80%- ‍90% ރައްޔިތުން ތާއީދުކުރަނީ ކޯލިޝަނަށް، ބޭނުންހާ ގޮތެއް ހަދަން ދުލެއް ނުކުރާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
80%- ‍90% ރައްޔިތުން ތާއީދުކުރަނީ ކޯލިޝަނަށް، ބޭނުންހާ ގޮތެއް ހަދަން ދުލެއް ނުކުރާނަން: އިބޫ
ދިވެހިރައްޔިތުންގެ ،80 90% ރައްޔިތުން ތާއީދުކުރަނީ އެރައްޔިތުންގެ ކޯލިޝަނަށް ކަމަށާއި ސަރުކާރުން ކިތަންމެ ވަރަކަށް މަކަރު ހަދަން މަސައްކުރި ނަމަވެސް ސަރުކާރުން ބޭނުންހައި ގޮތެއް ހަދަން ދޫނުކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ފައިނުގައި ވާހަކަފުޅު ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ ރައްޔިތނުންގެ މިހައި ބޮޑު ތާއީދެއް ކޯލިޝަނަށް އޮތުމުން ރައްޔިތުންނާއިއެކު ސާބިތުކަމާއިއެކު ދެމިހުންނަވައި ރައްޔިތުން ބޭނުންވާ ގޮތަށް އިންތިޚާބު ކާމިޔާބު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"މިހައި ބޮޑު ތާއީދެއް ކޯލިޝަނަށް އޮތުމުން ސަރުކާރުން ބޭނުންވާހައި ގޮތަކަށް ކަންތައްތައް ކުރަން ދޫކޮށްލެވޭކަށް ނެތް. ﷲ ތަޢާލާގެ ވާގިފުޅާއިއެކު އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރެވޭނެ. ރައްޔިތުން އެދޭފަދަ ސަރުކާރެއް ޤާއިމުކުރެވޭނެ."

އިބޫ ވިދާޅުވީ ރީރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 5600 ފޯމް ކުއްލިއަކަށް ބާޠިލު ކުރުމުގައި ވަރަށް ބޮޑެތި މަކަރާއި އޮޅުވާލުންތައް އެބަހުރި ކަމަށެވެ. "ބާޠިލުކުރި ފޯމްތަކަށް ބަލާއިރު ،80 90% މީހުންނަކީ އެމްޑީPީއަށް ނުވަތަ ކޯލިޝަނަށް ފޯމުފުރާފައި ތިބި މީހުން." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން