ކޮންމެ ރަށެއްގަ ވެސް ހިންގާނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް - ހިންގާނީ ދެ ފުށް ފެންނަ ގޮތަށް: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކޮންމެ ރަށެއްގަ ވެސް ހިންގާނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް - ހިންގާނީ ދެ ފުށް ފެންނަ ގޮތަށް: އިބޫ
ކޯލިޝަނުގެ ސަރުކާރުން ކޮންމެ ރަށެއްގައި ވެސް ހިންގާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ކަމަށާއި ހިންގާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ރ. ފައިނުގައި ވާހަކަފުޅު ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް މަޝްރޫއެއް ހިންގަން ފަށާނީ މަޝްރޫޢާއި ބެހޭ ހުރިހާ މައުލޫމާތުތަކެއް ރައްޔިތުންނާއި ހިއްޞާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ކުރާނެ ކަމަކީވެސް މަޝްރޫއާއި ބެހޭ ގޮތުން ރައްޔިތުންނާއި މަޝްވަރާކުރުން. ރަށުގެ ކައުންސިލާއި މަޝްވަރާކޮށް މަޝްރޫއު ކުރިއަށް ގެންދާނެ ގޮތްތައް ނިންމުން. ޚަރަދު ކުރާނީވެސް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް އެނގޭގޮތަށް."

ފައިނުގައިވެސް އިބޫ ވިދާޅުވީ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ވީހައި ހެނދުނާއި ނުކުމެ ވޯޓުލައި ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު އޮންލައިން