މިފަދަ މޭރުމަކުން މާރިޔާ ވިދާޅުވެފައިވާއިރު މިފަދަ ކަމެއް ކުރަން ރޭވެމުން އަންނަ ކަމުގެ އަޑުތައް އިވިވަޑައިގަންނަވާ ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވެސް ރޭ ވަނީ ވިދާޅުވެފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވީހައި ހެނދުނާ ވޯޓުލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. "އަޑު އިވެނީ ވަކިހިސާބަކުން ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަންތައް ގަނޑެއް ހިންގުމަށްފަހު އެކަން ބަހަނާއަކަށް ދައްކައި ވޯޓުފޮށިތައް ބަންދުކޮށް އެހިސާބުން ވޯޓުގުނަން ރާވާ ވާހަކަ. މިފަދަ ކޮންމެ ކަމެއްވެސް ކޮށްފާނެ. އެހެންވީމާ ވީހާ ހެނދުނަކާ ނުކުމެ ވޯޓުލުމަށް މިއެދެނީ."
މީގެ ކުރިން ރާއްޖޭގައި ބޭއްވި އެއްވެސް އިންތިޚާބަކަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން މިފަދަ ތަމްރީނުތައް ހެދިކަން އެނގިފައެއް ނެތެވެ.
Hama nujehumeh hingaifi nama fuluhun vote foshi gendhaane gothuge rehearsal rahrashuga hingaa kamah adu ivey. Aammu meehun baiverikoh mikan kuraairu hard vaan bunaa kamahves ivey. 23/9 ga PSM in mi rehearsal video dhakkaa Fuluhun foshi gendhaane kamaa medhu alhugandu kanboduvey.
— Mariya Didi