އިންޑިއާ އިން ރާއްޖެ ހިފަންޖެހޭނެކަމަށް ސުބްރަމާނިއަމް ވިދާޅުވުން ރަނިންމޭޓް ފައިޞަލް ނަސީމް ކުށްވެރިކުރައްވައިފިއެވެ.
ފައިޞަލް ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭނެ ކަމަށް ސުބްރަމާނިއަމް ސްވާމީ ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި ފައުޅުގައި އެކަމާއި އަޅުގަނޑުމެން ދެކޮޅުހަދާ ކަމަށެވެ.
ފައިޞަލް ވިދާޅުވީ އިންޑިއާ އަބަދުވެސް ދެމި އޮންނާނީ އަޅުގަނޑުމެންގެ އެންމެ އެކުވެރި ޤައުމުގެ ގޮތުގައި ކަމަށާއި އެގުޅުމަށް ލޮޅުމެއް އަންނާނެ ކަމެއް އިންޑިއާ އިން ނުކުރާނެ ކަމަށެވެ.
ސުބްރަމާނިއަމް ސްވާމީ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލައިފިނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭނެ ކަމަށެވެ. ރާއްޖޭގައި ބޮޑެތި، ކަންބޮޑުވާންޖެހޭ މައްސަލަތައް ހުރިނަމަވެސް އެއްވެސް ޤައުމަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވެސް ވަނީ ވިދާޅުވެފައެވެ.
"އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް ސުބްރަމާނިއަމް ސްވާމީ ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް. އަދި ފައުޅުގަ އެކަމާ އަޅުގަނޑުމެން ދެކޮޅުހަދަން. އިންޑިއާ އަބަދުވެސް ދެމި އޮންނާނީ އަޅުގަނޑުމެންގެ އެންމެ އެކުވެރި ޤައުމުގެ ގޮތުގަ. އެގުޅުމަށް ލޮޅުމެއް އަންނާނެ ކަމެއް އިންޑިއާ އިން ނުކުރާނެ."