ވާދަކުރަނީ އިބޫ އާ ޔާމީނެއް ނޫން - ވާދަކުރަނީ ރައްޔިތުންނާ ޔާމީން - ޙުކުމެއް ނޭޅޭނެ: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވާދަކުރަނީ އިބޫ އާ ޔާމީނެއް ނޫން - ވާދަކުރަނީ ރައްޔިތުންނާ ޔާމީން - ޙުކުމެއް ނޭޅޭނެ: ޑރ. ޙުސައިން
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ އިބޫ އާއި ޔާމީން ނޫން ކަމަށާއި ވާދަކުރަނީ ދިވެހި ރައްޔިތުންނާއި ޔާމީން ކަމަށް ޖޭޕީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޙުސައިން ވިދާޅުވީ ދުވާފަރު ރައްޔިތުން މިއަދު ދައްކައިދިން ތާއީދު ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ކޯލިޝަނަށް ލިބޭނެ ކަމަށެވެ. ކޯލިޝަނަކީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހި ރައްޔިތުންގެ ތާއީދު ކޯލިޝަނަށް އޮތް މިންވަރު ފެނިވަޑައިގަތުމުން ކިތަންމެވަރަކަށް ތާސްކުޅުއްވައި ޙުކުމް އަޅުއްވަން އުޅުއްވި ނަމަވެސް ރައްޔިތުންގެ މައްޗަށް ޙުކުމް ނުއެޅުއްވޭނެ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް ޙުކުމް އަޅާނީ ރައްޔިތުން ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ ވަރަށް ތަފާތު އިންތިޚާބެއް ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުން ހެދިހާ އެއްޗެއް ހެދިގެން ރައްޔިތުން ތިބޭނީތޯ އަނިޔާވެރިކަމާ އަޅުވެތިކަމާ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓުވާނީތޯ ބަލަން ކުރެވޭ އިމްތިޙާނެއް ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ ފެށުނީންސުރެ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ އިންތިޚާބުގެ ތެރެއަށް އަތްބާނައި ނުފޫޒު ފޯރުވަން ކަމަށެވެ. އެގޮތުން ފުރަތަމަވެސް މަސައްކަތްކުރީ ނުކުޅެދޭ މީހުންގެ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށާއި ދެން މަސައްކަތްކުރީ ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުންގެ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި ނިޒާމެއް ޤާއިމުކޮށް އެ ނިޒާމު ބޭނުންކޮށްގެން އިންތިޚާބުގެ ނަތީޖާ ނެރެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައި ޑރ. ޙުސައިން ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
މިއަދު އޮންލައިން