ރައިސް މައުމޫނަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދީ ގެއަށް ބަދަލުކޮށްދިނުމަށް އިބޫ ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރައިސް މައުމޫނަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދީ ގެއަށް ބަދަލުކޮށްދިނުމަށް އިބޫ ގޮވާލައްވައިފި
ރައީސް މައުމޫނަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދީ ގެއަށް ބަދަލުކޮށްދިނުމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ސަރުކާރަށް ގޮވާލައްވައިފި އެވެ.

އިބޫ މިމޭރުމުން ވިދާޅުވީ ރައީސް ޔާމީންގެ ޞިއްޙީ ޙާލުކޮޅާއިމެދު ޢާއިލާއިން އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައި މާފުށީ ޖަލުން އިއްޔެ ދޫނިދޫ ޖަލަށް ބަދަލުކޮށްފައި ހަމަ އެޙާލުކޮޅުގައި އަނެއްކާވެސް މިއަދު އަނބުރައި މާފުށީ ޖަލަށް ބަދަލުކުރުމުން ކަންބޮޑުވުން ފައުޅު ކުރައްވައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އިބޫ ވަނީ ރައީސް މައުމޫނަށް އަރުވަންޖެހޭ ޞިއްޙީ ފަރުވާ ފުރިހަމައަށް ފޯރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލައްވައިފައެވެ.

އިބޫ ވިދާޅުވީ މާދަމާއަކީ ރައީސް މައުމޫނު ޖަލުގައި ބާއްވާތާ 200 ވަނަ ދުވަސް ކަމަށާއި އެމަނިކުފާނަށް އިންޞާފު ލިބިވަޑައިގަތުމުގައި ހުރަސްތައް އެބަހުރި ކަމަށެވެ. ޞިއްޙީ ފަރުވާ ލިބިވަޑައިނުގަންނަވައިގެން އުޅުއްވަނީ އަދި ޙާލުކޮޅު ބޮޑުވުމުންވެސް ފަރުވާ ނުދީ އެއްޖަލުން އަނެއް ޖަލަށް ބަދަލުކުރަމުން ގެންދަނީ ޖަލު ބަލަހައްޓަން ތިބި މުވައްޒިފުން އެކަންކަން ކުރަން ބޭނުންވެގެން ނޫން ކަމަށާއި ސީދާ ރައީސް ޔާމީނުގެ އޯޑަރަށް ކަމަށެވެ.
މިއަދު އޮންލައިން