ގުރޫޕަކުން ގަނާކޮށް އަނިޔާކުރި އަންހެން ކުއްޖާ ގެއްލިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ގުރޫޕަކުން ގަނާކޮށް އަނިޔާކުރި އަންހެން ކުއްޖާ ގެއްލިއްޖެ!
ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ދައުރުވަމުންދިޔަ ގުރޫޕަކުން ގަނާކޮށް އަނިޔާކުރާމަންޒަރުފެންނަ ވީޑިއޯގައި އަނިޔާލިބުނު އަންހެން ކުއްޖާ ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވަގޮތުގައި މި ކުއްޖާ ގެއްލިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ރެއިން ފެށިގެން ހޯދަން ފެށި 15 އަހަރުގެ މިކުއްޖާ ގެއްލުނުތާ ހަފުތާއެއްހާ ދުވަސް ވީ ނަމަވެސް، އާއިލާއަކުން އެކަމެއް ފުލުހުންނަކަށް ނާންގަ އެވެ.

ތިން އަންހެނުން ހިމެނޭ ގުރޫޕަކުން، އަންހެން ކުއްޖާއަށް އަނިޔާކޮށްފައިވަނީ މެއި މަހުގެ ތެރޭގައި ނަމަވެސް، އެ ވީޑިއޯ ވައިރަލް ވެފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ.

އެތިން ކުދިންގެ ފޭސްބުކް އައިޑީ ވެސް މިހާރު ހާމަވެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެތިން ކުދިންނަކީ ވެސް އުމުރުން އަދި 18 އަހަރު ނުފުރޭ ކުދިން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިންނަކީ ޝަރުއީ ގޮތުންނަމަ "ކުޑަ ކުދިން" ނެވެ.

ނަމަވެސް އެވީޑިއޯ ބަލާލާފައި، އެއީ ކުޑަ ކުދިން ކަމަކަށް އެއްވެސް މީހަކު އެއްބަސް ވާނެހެން ހިއެއް ނުވެއެވެ. މުޚާތަބް ކުރުމުގައި ބޭނުން ކޮށްފައި ހުރި ބަހުރުވަ އަޑުއަހާލަން ނުކެރެއެވެ. އޭގެ އިތުރުން އެކުދިން ގަނާ ކުރަމުން ދިޔަ އަންހެން ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެނުމުން ވެސް ގިނަ ބައެއްގެ ނަފުރަތު ވަނީ އެތިން ކުދިންނަށް އަމާޒު ވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މިހުތުރު އަމަލު އެކުދިން ހިންގާފައިވަނީ ހުޅުމާލޭ ޗައިނާ ފްލެޓުތައް ހިމެނޭ ސަރަޙައްދުގައެވެ.



ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ފުލުހުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެކުއްޖާ ހޯދުމުގައި އާންމުންގެ އެހީތެރި ކަމަށް ވެސް މިހާރު އެދިފައިވެއެވެ.

ގެއްލިގެން ހޯދާ އަންހެން ކުއްޖަކީ ގދ. ތިނަދޫ، އާބާދުވާދީ/ ނަޝްފާ ޙަސަން (15އ.) ކަމަށް ފުލުހުން ހާމަ ކޮށްފައިވެއެވެ. އަދި އޭނާއާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ނުވަތަ 9790163 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިއަދު އޮންލައިން